މި ކޮތަރަކީ ބެލްޖިއަންގެ ކޮތަރު ރޭހުގެ ޗެމްޕިއަންއެވެ. މި ކޮތަރަށް ކޮތަރުތަކުގެ "ލުވިސް ހެމިލްޓަން"ގެ ނަމުންވެސް ނަން ދީފައިވެއެވެެ.މި ކޮތަރު މިއަގުގައި ވިކިފައިވަނީ، އޮންލައިން ނީލަން ބާޒާރެއްކަމުގައިވާ ޕިޖަން ޕެރަޑައިސްގައި ދެހަފްތާ ވަންދެން ނީލަން ކިޔުމަށްފަހުގައެވެ.
މިއީ އޮންލައިންކޮށް އެންމެ އަގުބޮޑުކޮށް ވިކުނު ކޮތަރުކަމަށް ޕިޖަން ޕެރަޑައިސްއިން ވަނީ ބުނެފައެވެ. މީގެ ކުރިން މި ރެކޯޑު ނިސްބަތްވަނީ 376000 ޕައުންޑަށް ވިކުނު ނަޑީން ނަމަކަށް ކިޔާ ކޮތަރަކަށެވެ. އަރްމަންޑޯ ގަތް ފަރާތުގެ ނަން ހާމަ ކޮށްފައި ނުވިނަމަވެސް އެންމެ ފަހާ ޖެހެންދެން އެންމެ ވަރުގަދަޔަށް އަގު ހުށައަޅަފައިވަނީ ޗައިނާގެ ދެމީހެއްކަން ޕިޖަން ޕެރަޑައިސް އިން ވަނީ ހާމަ ކޮށްފައެވެ.
އަރްމަންޑޯ 1.25 މިލިއަން ޕައުންޑަށް ވިކިފައިވާއިރު،މި ކޮތަރުގެ ހަތް ދަރި ކޮތަރު ވަނީ 15000 ޕައުންޑަށް ވިކިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް