އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބުގެންވާ މީހުންގެ ފައިނަލް ލިސްޓް އާންމު ކޮއްފިއެވެ.
އިލެކްޝަން ކޮމިޝަނުން ފައިނަލް ވޯޓާސް ލިސްޓު އާންމުކޮށްފައިވަނީ މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުން ހިމަނައިގެންނެވެ.
މަޖިލިސް އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވަނީ 264،589 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް