މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމު ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ.
ރައީސް ޔާމީން ޑޮކްޓަރަށް ދައްކަން ގެނެސް ފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ކަރެންޝަންސް އިން މީޑިއާގައި ބުނެފައިވެ އެވެ. އެކަމަކު އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމިން ދައްކާފައިވަނީ ހިތުގެ ޑޮކްޓަރަކަށެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް މިހާރު ކައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އަދި ކަފާލާތުގެ ދަށުން މިނިވަންކޮށް ދިނުމަށް އެދިވަޑައިގެންނެވި އެވެ. އެކަމަކު ހައި ކޯޓުން ހުކުމް ކޮށްފައިވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްދެވެން ނެތް ކަމަށެވެ.
އެ ޝަރީއަތުގައި ރައީސް ޔާމީން ވަނީ ހިތާއި އުނަގަނޑުގެ ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދައަށްވެސް އެދިވަޑައިގެންފަ އެވެ. އެ ހުއްދައެއް ކޯޓުން ނުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް