ދުނިޔޭގެ އެންމެ ކުރުމީހާ ކަގެންދްރަ ތާޕާ މަގަރް މަރުވެއްޖެއެވެ.
ނޭޕާލަށް އުފަން މި މީހާ މަރުވީ އުމުރުން27 އަހަރުގަ އެވެ. އިސްކޮޅުގައި ދެ ފޫޓާއި 2.41 އިންޗި ހުންނަ ތާޕާ މަރުވީ ނިއުމޯނިއާއަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
ގިނިސް ވޯލްޑް ރެކޯޑު ފޮތުން ތާޕާ ޖާގަ ހޯދީ އުމުރުން18 އަހަރުގައި2010 ވަނަ އަހަރު އެވެ. އޭނާއަށް އެ ލަގަބު ލިބުމުން އެންމެ މުހިންމު ކަމެއްގެގޮތުގައި ކޮށްފައިވަނީ އާއިލާއަށް ރަނގަޅު ދިރިއުޅުމަކާއި ގެއެއް ހޯދައި ދިނުމެވެ.
ތާޕާ އަށް ކުރުމީހާގެ ލަގަބު ލިބުނު ފަހުންް ނޭޕާލްގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބޭނުން ކޮށްފައިވަނީ އޭނާ އެވެ. މީގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރުކޮށް އެކި ޓީވީ ޕްރޮގްރާމް ތަކުގައިވެސް ބައިވެރިވެފަ ވެއެވެ.
ގިނިސް ވޯލްޑް ރެކޯޑުން ކުރު މީހުން ކަނޑައަޅާ ދެ ގޮތެއް އޮވެއެވެ. އެއީ ހިނގޭ މީހުންގެ ތެރެއިން އެންމެ ކުރު މީހާއާއި ނުހިނގޭ މީހުންގެ ތެރެއިން އެންމެ ކުރު މީހާއެވެ. މީގެ ތެރެއިން ތާޕާއަކީ ހިނގޭ މީހުންގެ ތެރެއިން އެންމެ ކުރު މީހާއެވެ.
ތާޕާ މަރުވުމުން ދުނިޔޭގެ އެންމެ ކުރުމީހާގެ ލަގަބު ލިބިފައިވަނީ ކެމްބޯޑިއާ މީހަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް