މިއަދު ހެނދުނު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ މަރުވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 7:05 ހާއިރު، އެކުއްޖާ ދުއްވަން އިން ސައިކަލް ކޮންޓްރޯލް ނުކުރެވިގެން އައިސް، މަސް މާރުކޭޓް ސަރަހައްދުގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެންނެވެ. އެގޮތުން މި އެކްސިޑެންޓްގައި މަރުވެފައިވަނީ 17 އަހަރު ފިރެހެން ކުއްޖެކެވެ.
މިއެކްސިޑެންޓްގެ ސަބަބުން އެކުއްޖާ ދުއްވަން އިން އެއާބްލޭޑް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގި ތަނުގައި އެކުއްޖާ އޮތް އިރު އެކުއްޖާގެ ވިންދުވެސް ނެތެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުމުން ވިންދު ހުރިކަމަށް އެކުއްޖާ ބެލި ޑޮކްޓަރުން މައުލޫމާތު ދެއެވެ. ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އެކުއްޖާ މަރުވެފައިވަނީ މިއަދު މެންދުރު ް12:50 ހާއިރެވެ.
މައުލޫމާތު ލިބޭގޮތުގައި އެކުއްޖާގެ ބޮލާއި، ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ އެކިވަރުގެ ޒަހަމް ތައް ލިބިފައެވެ. މަންޒަރު ދުން ބައެއް މީހުން ބުނި ގޮތުގައި، ބޭރު ފުށުން މާބޮޑު ގެއްލުންތަކެއް ފެންނަން ނެތް ކަމުގައިވިޔަސް، އެކުއްޖާ ހޮސްޕިޓަލަަށް ގެންދަން ޕިކަޕަށް އެރުވިއިރުވިސް އެއްވެސް ހަރަކާތެއް ނެތް ކަމަށާއި، އަދި އެކުއްޖާ ނޭފަތުން ވަރަށް ލޭ ފައިބަމުން ދިޔަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް