މާލޭގައި އިމާރާތްކުރަމުންދާ ތަންތަން ޤަވައިދާއެއްގޮތަށް އަމަލުކުރަމުން ދޭތޯ ބެލުމަށް ހާއްސަ ޓީމްތަކެއް މާލޭ ސިޓީ ކައުންސިލުން އެތަންތަނަށް ފޮނުވައިފިއެވެ.
މިއަދު މާލޭ ސިޓީކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިންސްޕެކްޝަން ޓީމްތަކުން ހަދަމުންދާ އިމާރާތްތަށް ފާސްކޮށް ޤަވައިދާއި އެއްގޮތަށް އަމަލު ކުރޭތޯ ބަލާނެކަމަށާއި ރައްކާތެރި ވެއްޓެއް ބިނާކުރުމަށް ހުރިހާ ބޭފުޅުންވެސް ޤަވައިދާއި އެއްގޮތަށް މަސައްކަތްކުރުމަށް އިލްތިމާސް ކުރާކަމަށެވެ.
ސިޓީ ކައުންސިލުން މި މަސައްކަތްތައް ފަށާފައި މިވަނީ މިމަހުގެ 16 ވަނަދުވަހު ހަދަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް ހަތް އަހަރުގެ ކުއްޖަކު ނިޔާވުމާއި ގުޅިގެންނެވެ. އަދި އެހާދިސާގައި އިހްމާލުވެފައިވާ ކޮންސްޓްރަކްޝަން ކުންފުންޏާއި މެދު ސިޓީ ކައުންސިލުންވަނީ ފިޔަވަޅުއަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް