ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ނައިބު ރައީސަކަށް މަސްތޫރު ޙުސްނީ ހަމަ ޖައްސައިފިއެވެ
ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސް އައްޔަން ކުރައްވާ މެމްބަރުގެ ގޮތިގައި ހުންނެވި މަސްތޫރު ނައިބު ރައީސްކަމަށް ހަމަޖައްސާފައިވަނީ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކަމަށް މައުލޫމާތު ލިބެއެވެ. ކޮމިޝަންގެ ނައިބުގެ މަގާމަށް މަސްތޫރު ހޮވިފައިވަނީ ކޮމިޝަނުގެ އެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މިހާރު ޖޭއެސްސީގައި ތިއްބަވާ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާއި، ސްޕްރީމްކޯޓުގެ ފަނޑިޔާރު އަބުދުﷲ އަރީފާއި، ހައިކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު އަބުދުއްރައޫފު އިބްރާހިމާއި، ދަށު ކޯޓުތަކުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު މުހައްމަދު އީސާ ފުޅާއި، ބަންޑާރަނައިބް އިބްރާހިމް ރިފްއަތާއި، ރައްޔިތުންގެ މަޖިލީހުން ހަމަޖައްސާފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އާއި، އާންމުންގެ ތެރެއިން މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މެމްބަރު އަބުދުލް ހަންނާން އަހުމަދާއ ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ލާތީފާ ގާސިމާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި މެމްބަރު މަސްތޫރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް