މާފުށީ ޖަލަށް ވައްދަން އުޅުނު 98 ފޯނު އަތުލައިގެންފި

ގަވައިދާ ހިލާފަށް މާފުށީ ޖަލަށް ވައްދަން އުޅުނު ސާމާނުތަކަކާއި އެކު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނުން މި އ...

18 Dec 2018 | 08:08

ގަވައިދާ ހިލާފަށް މާފުށީ ޖަލަށް ވައްދަން އުޅުނު ސާމާނުތަކަކާއި އެކު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނުން މި އޮޕަރޭޝަން ހިންގީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ތަކެތި އަތުލައި ގަީ ޖަލު ހުންނަ ސަރަޙައްދު ފަޅުތެރެއަށް ލޯންޗު ކައިރިކޮށް މޫދަށް ފައިބައިގެން އެތަކެތި ޖަަލަށް އެތެރެކުރުމަށް މަސައްކަތްކުރަމުން ދަނިކޮށެވެ.

މި އިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ މީހަކާއި 32 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެކެވެ.

އެމީހުން ގެންގުޅުނު ދަބަހެއްގެ ތެރެއިން 98 މޮބައިލް ފޯނާއި، 104  ޗާޖަރާއި، 18 ސިމް ކާރޑާއި، ނުވަ ހެޑް ސެޓާއި، ޔޫއެސްބީ 30 ކޭބަލާއި، ފޯނު ބެޓެރީގެ 14 ބެޓެރިއާއި، ޖޮއިސްޓިކެއް ފެނިފައިވެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދަނީ މާފުށީ ޕޮލިސް ސްޓޭޝަނުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް