ސައްހަނޫން މެމްބަރޝިޕް ފޯމް ތަކެއް ހުށައެޅި މައްސަލަ އެމްޑީޕީއިން ބަލަން ފަށައިފިއެވެ.
އެމްޑީޕީން މިއަދު އެމައްސަލަ އާގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން އިންތިޚާބުކުރުމަށް ބާއްވާ ޕްރައިމަރީ އިންތިޚާބާގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާ ބެލުމަށް އެކުލަވާލި ކޮމިޓީއަށް، ނ.ކެނދިކުޅުދޫން ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބެލި ބެލުމުގައި އެ ރަށުން އެމްޑީޕީއަށް ވަނުމަށް 9 މީހެއްގެ ފޯމުލާފައި އޮތީ، އެމީހުންނަށް ނޭނގިކަން ހާމަވެފައި ވާކަމަށެވެ.
އެކޮމިޓީން ބެލިބެލުމުން އެ ވާހަކައަކީ ޞައްޙަ ވާހަކައެއްކަމުގައި ކަށަވަރުކުރެވިފައިވާ ކަމަށާއި އަދި އެގޮތަށް ކަށަވަރު ކުރެވިފައިވާތީ މިހާރު ވަނީ އެ 9 މީހުން، މަޖިލިސް ޕްރައިމަރީގެ ވޯޓު ލިސްޓުން އުނިކޮށްފައި ކަމަށްވެސް ބަޔާނުގައި ވެއެވެ.
އެމްޑީޕީން ރައްޔިތުންގެ މަޖްލިސް ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމުމާއި ގުޅިގެން ޕްރައިމަރީއަށް ތައްޔާރުވުމަށް ދާއިރާތަކުން ގިނަ އަދަދެއްގެ ރައްޔިތުންދަނީ އެމްޑީޕީއާއި ގުޅުމަށް ފޯމް ފުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް