މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އަށް 3،000 މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ޕާޓީން މިއަދު 3333 މީހުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ފޯމުތަކުގެ ސައްހަކަށް ކަށަވަރު ކުރުމަށް ފަހު އެކަން ހާމަ ކުރާނެ ކަމަށެވެ.
https://twitter.com/ElectionsMv/status/1074918658789371904
އެމްޓީޑީ އަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް އިސްކޮށް ހުންނަވާ އުފައްދަން މަސައްކަތް ކުރަމުންދާ ޕާޓީ އެކެވެ. އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރައްވާފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އަދި އޭގެ ފަހުން ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެލިދޫ ދާއިރާގެ ޕީޕީއެމް މެންބަރު ޔާމީން ރަޝީދު ވެސް ހިމެނިވަޑައިގެންނަވަ އެވެ.
އެމްޓީޑީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ އިރު އެ ޕާޓީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭނީ ފޯމުތަކުގެ ސައްހަކަށް ބެލުމަށް ފަހުު އީސީގެ ބެލުމުގެ ދަށުން ބާއްވާ ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމަށް ފަހު ގައި އެވެ.
އެ ބައްދަލުވުމުގައި މަދުވެގެން 300 މީހުން ބައިވެރިވާން ޖެހޭނެ އެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ މެނިފެސްޓޯ ފާސްކުރަންޖެހޭނެ އެވެ.
އެމްޓީޑީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ ދޭތާ ތިން މަސް ދުވަހުގެ ތެރޭގައި 3000 މެމްބަރުން ހަމަކޮށް އީސީ އަށް ހުށަހަޅަން ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް