ޖޯންސަން އެންޑް ޖޯންސަން ބޭބީ ޕައުޑަރު ވިއްކަމުން ދަނީ ކެންސަރަށް މަގުފަހިވާކަން އެނގިތިބެ: ރޮއިޓަރސް

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން، އެ ކުންފުނީގެ ބޭބީ ޕައުޑަރު ވިއްކަމުން ވިއްކަމުންދަނީ އޭގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް ކަމުގައިވާ އެސްބެސްޓޯސް (ފައިބަރު ކުނޑި) އެ ޕައުޑަރުގައި ހުރިކަން މާ ...

18 Dec 2018 | 02:38

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން، އެ ކުންފުނީގެ ބޭބީ ޕައުޑަރު ވިއްކަމުން ވިއްކަމުންދަނީ އޭގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް ކަމުގައިވާ އެސްބެސްޓޯސް (ފައިބަރު ކުނޑި) އެ ޕައުޑަރުގައި ހުރިކަން މާ ކުރީއްސުރެވެސް އެނގި ތިބެ ކަން ރޮއިޓަރސް އިން ފަޅާއަރުވާލައިފިއެވެ.

ރޮއިޓަރސް އިން މިކަން ފަޅާއަރުވާލާފައިވަނީ ރޮއިޓަރސް އިންވެސްޓިގޭޓްސްގައެވެ.

ރޮއިޓަރސްގައި ބުނެފައިވަނީ 1999ގައި ޑާލިން ކޯކަރ ނަމަކަށްކިޔާ އަންހެނަކު އޭނާއަށް ކެންސަރު ޖެހުނު ސަބަބު ދެނެގަތުމަށް ޕާސަނަލް އިންޖަރީ ލޯޔަރެއް ހޯދައިގެން ކުރި މަސައްކަތުން، އޭނާއަށް ކެންސަރު ޖެހުނީ ޖޯންސަން އެންޑް ޖޯންސަން ބޭބީ ޕައުޑަރުގައިވާ އެސްބެސްޓޯސްގެ މާއްދާއިންކަން އެނގުނު ނަމަވެސް އޭރު އެ ކުންފުނިން އެކަން ދޮގުކޮށް ދޮގު ހެކި ހުށަހަޅާ އެ އުފެއްދުމުގައި އެސްބެސްޓޯސް ނުހުންނާނެކަން ސާބިތުކޮށްދީފައިވާކަމަށެވެ.

އޭގެ ފަހުން އެތައް ހާސް ބަޔަކު އެ ކަން ސާބިތު ކުރުމަށް އެތައް ހާސް މައްސަލަތަކެއް ހުށަހަޅަމުންދިޔަނަމަވެސް އެ ކުންފުނިން ދިޔައީ އެކަންކަމުން ރެކެމުންނެވެ.

އެސްބެސްޓޯސް އެ އުފެއްދުމުގައި ނުހުންނާނެކަން ރެގިއުލޭޓަރުންނާއި އާންމުންނަށް ނޭނގުމަށް އެތައް ހަރަދެއް ކުރަމުން އަންނަކަމުގައިވެސް ރޮއިޓާރސް އިން ރިޕޯޓްކޮށްފައިވެއެވެ. ރޮއިޓަރސްގެ އިންވެސްޓިގޭޓިވް ރިޕޯޓާއި ގުޅިގެން އެ ކުންފުނީގެ ސްޓޮކް އެންމެ ދުވަހެއްގެ ތެރޭގައި 10 އިންސައްތަ ވެއްޓިފައިވާއިރު އަދިވެސް އެ ކުންފުނިން އަންނަނީ އެކަން ދިފާއު ކުރަމުންނެވެ.

ނަމަވެސް ރޮއިޓަރސް އިން އެ ރިޕޯޓް އާންމުކޮށްފައިވަނީ ދޮގު ނުކުރެވޭވަރަށް ހެކި ހިމަނައިގެންނެވެ. އެއީ މިނިވަން ލެބޯރެޓަރީތަކުން ކޮށްފައިވާ އެތައް ޓެސްޓުތަކެއްގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ސިއްރު ލިޔެކިޔުންތަކުގެ ގޮތުގައި އެ ކުންފުނިން ރައްކާ ކޮށްފައިވާ އެތައް ހާސް ލިޔެކިޔުމަކާއެކީގައެވެ. އެ ލިޔެކިޔުންތަކުގެ ތެރޭގައި އެ ކުންފުނިން ހަދާފައިވާ ޓެސްޓްތަކާއި އެސްބެސްޓޯސް އާއި ބެހޭގޮތުން ނެރެފައިވާ ގިނަ އަދަދެއްގެ މެމޯތައް ހިމެނެއެވެ.

ރޮއިޓަރސް އިން ހާމަކޮށްފައިވާގޮތުގައި 1975 އިން ފެށިގެން އެ ކުންފުނިން އަންނަނީ އެކަން ސިއްރު ކުރަމުންނެވެ. އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށްވެސް ހަމަ ކޮންމެ ފަހަރަކު އޮޅުވާލަމުން އަންނަކަމުގައިވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް