ރާއްޖެ ހަނގުރާމައިގެ ނުރައްކަލަށް ހުޅުވެނީ، މިހެން ނަހައްދަވާ: ރައީސް ނަޝީދު

ދިވެހި ރާއްޖެ މިދަނީ ހަނގުރާމައިގެ ނުރައްކަލަށް ހުޅުވިގެން ކަމަށާއި އެގޮތަށް ނުހެއްދެވުމަށް ރައީސް ޔާމިނަށް ރައީސް ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވ...

18 Dec 2017 | 09:32

ދިވެހި ރާއްޖެ މިދަނީ ހަނގުރާމައިގެ ނުރައްކަލަށް ހުޅުވިގެން ކަމަށާއި އެގޮތަށް ނުހެއްދެވުމަށް ރައީސް ޔާމިނަށް ރައީސް ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ' މަޖިލިސް ހިސޯރުކޮށް އެމްޕީން މަޖިލީހަށް ވަނަނުދީ ބޭއްވުމަށް ފަހު ރާއްޖޭގެ އަވަށްޓެރިން ކަންބޮޑުވެ ނުތަނަވަސް ވާނެ އެންމެހާ ކަންކަން ކުރައްވަމުން ރައީސް ޔާމީން  ގެންދަވާއިރު ދިވެހި ރާއްޖެ މިދަނީ ހަނގުރާމައިގެ ނުރައްކަލަށް ހުޅުވިގެން' ކަމަށެވެ. އަދި މިހެން ނުހެއްދެވުމަށް 'ރައީސް ޔާމިން އަށާއި ސަރުކާރުގެ އެންމެ ބޭފުޅުން އަރިހުން އެދެން' ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ޗައިނާ އާއި އެކު ވި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށްފަހު އިންޑީއާގެ ތަޖުރިބާކާރުން ދަނީ އެކި ގޮތްގޮތަށް ރާއްޖެ އަށް ފާޑުވިދާޅުވަމުންނެވެ. އެހެންނަމަވެސް ސަރުކާރުން ބުނަމުން ދަނީ މި އެއްބަސްވުމުގެ ސަބަބުން އިންޑިއާއި ސަރުކާރާއި ދެމެދު އޮންނަ ގުޅުމަށް ބުރުލެއް ނާރާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް