ގުދުސް މަސްރަހު: ޝަހީދުވި މީހުންގެ އަދަދު ނުވައަކަށް ޒަހަމްވި މީހުންގެ އަދަދު ތިންހާހުން މައްޗަށް

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަނެ އެކަން އިއުލާނު ކުރުމާއެކު ގުދުސްގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން ފެށި އިހުތިޖާޖުތަކުގައި މިހާތަނަށް ނުވަ މީހަކު ޝަހީދުވެއްޖެ އެވެ...

18 Dec 2017 | 03:38

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަނެ އެކަން އިއުލާނު ކުރުމާއެކު ގުދުސްގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން ފެށި އިހުތިޖާޖުތަކުގައި މިހާތަނަށް ނުވަ މީހަކު ޝަހީދުވެއްޖެ އެވެ.

ދަ ޕަލަސްތީނިއަން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީ) އިން ހާމަކޮށްފައިވާގޮތުގައި މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުގެ ނުވަ މުސްލިމަކު ޝަހީދުވެފައި ވެ އެވެ. އަދި ޒަހަމްވެފައިވާ މުސްލިމުންގެ އަދަދަކީ 3400 ކަމުގައި ޕީއާރުސީން ހާމަކޮށްފައި ވެ އެވެ.

ޕީއާރުސީން ހާމަކޮށްފައިވާގޮތުގައި ޒަހަމްވި މީހުންގެ ތެރެއިން 2776 މީހަކު ޒަހަމްވެފައިވަނީ ފަލަސްތީނުގެ ހުޅަނގު ބިތުގައި އެވެ. އެ ސަރަހައްދުން 77 މީހެއްގެ ގަޔަށް ބަޑި ޖަހާފައި ވެ އެވެ. ގާޒާ ސަރަހައްދުން 618 މީހަކު ޒަހަމްވެފައިވާއިރު އޭގެ ތެރެއިން 183 މީހެއްގެ ގަޔަށް ބަޑި ޖަހާފައިވާކަމުގައިވެސް ޕީއާރުސީން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް