ފޮޓޯ ސްޓޯރީ: ނާސާގެ އެސްޓްރޮނޯޓުން ނަގާފައިވާ ރާއްޖޭގެ ތަފާތު ރީތި ފޮޓޯތަކެއް

މަތީގައި އެވާ ފޮޓޯއަކީ މިމަހުގެ 12 ވަނަ ދުވަހު ރަޝިޔާގެ އެސްޓްރޮނޯޓެއް ކަމަށްވާ އެސްޓަން ސްކެލްޕަރޯވް އެސްޓްރޭ، އޭނާގެ ޓްވިޓާގައި އާންމު ކުރި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ތަފާތު އަދި ރީތި ފ...

18 Dec 2014 | 09:13

މަތީގައި އެވާ ފޮޓޯއަކީ މިމަހުގެ 12 ވަނަ ދުވަހު ރަޝިޔާގެ އެސްޓްރޮނޯޓެއް ކަމަށްވާ އެސްޓަން ސްކެލްޕަރޯވް އެސްޓްރޭ، އޭނާގެ ޓްވިޓާގައި އާންމު ކުރި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ތަފާތު އަދި ރީތި ފޮޓޯއެކެވެ. އެސްޓަން މި ފޮޓޯ ޓްވީޓް ކުރިއިރު #Maldives  ހޭޝްޓެގް ބޭނުން ކުރުމުން ދިވެހިންގެ ގިނަ ބަޔަކަށް މި ފޮޓޯ ވަނީ ފެނިފައެވެ. ދިވެހިންގެ ގިނަ ބަޔަކު ވަނީ  ތަފާތު ތައުރީފްގެ ބަސްތަކާއެކު މި ފޮޓޯ ރީޓްވީޓް ކޮށްފަ އެވެ. އަދި ފޭސްބުކްގައި ވެސް މި ފޮޓޯ އަންނަނީ އަހަރުމެންގެ މެދުގައި މިހާރު ދައުރު ވަމުންނެވެ.

މި ފޮޓޯ ދިވެހިންނަށް ކަމުގޮސް ރިޓްވީޓްކޮށް އެފްބީގައި ޝެއާކޮށް ހަދަމުން އަންނަ އިރު މިފަދަ އެތައް ފޮޓޯއެއް އެސްޓަން އާއި ނާސާގައި އުޅޭ އޭނާގެ ރަހުމަތްތެރިން ނަގާފައި ވެއެވެ.

ދުވަހުގެ މި ފޮޓޯ ސްޓޯރީގައި ހިމަނާލާނީ އެސްޓަން އާއި އެސްޓަންގެ ރަހުމަތްތެރި އެސްޓްރޮނޯޓުން ނާސާގެ ދަތުރު ތަކުގައި ނަގާފައިވާ މިފަދަ ފޮޓޯ ތަކެވެ. މި ފޮޓޯތަކަކީވެސް އެ ފަރާތްތަކުން ޓްވީޓް ކޮށްފައިވާ ފޮޓޯތަކެވެ. އެހެން ނަމަވެސް އެ ފޮޓޯތަކުގައި ރާއްޖޭގެ ހޭޝްޓެގެ އެއް ޖަހާފައި ނެތުމުން ދިވެހިންތެރޭގައި އާންމު ނުވަނީ ކަމަށް ވެދާނެ އެވެ.

1- މި އަހަރުގެ އޭޕްރިލް މަހު ޖަޕާނަށް އުފަން ނާސާގެ އެސްޓްރޮނޯޓް، ޑރ. ކޮއިޗީ ވަކާޓާ ޓްވިޓާގައި ޝެއާކޮށްފައިވާ ރާއްޖޭގެ ފޮޓޯ

2- މި އަހަރުގެ ފެބްރުއަރީ މަހު އެމެރިކާއަށް އުފަން ނާސާގެ އެސްޓްރޮނޯޓް ރިކް މަސްޓްރާޗިއޯ އޭނާގެ ޓްވިޓާ އެކައުންޓްގައި ހިއްސާ ކޮށްފައިވާ ރާއްޖޭގެ ދެ ފޮޓޯ

3- މިދިޔަ އަހަރު ޖޫން މަހު އިޓަލީވިލާތަށް އުފަން ނާސާގެ އެސްޓްރޮނޯޓް ލޫކާ ޕަރްމިޓާނޯ އޭނާގެ ޓްވިޓާ އެކައުންޓްގައި ހިއްސާ ކޮށްފައިވާ ރާއްޖޭގެ ފޮޓޯ

4- މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާގެ މިނެސޯޓާ އަށް އުފަން ނާސާގެ އަންހެން އެސްޓްރޮނޯޓް ކަރެން އެލް ނީލްބާގް އޭނާގެ ޓްވިޓާ އެކައުންޓްގައި ހިއްސަ ކޮށްފައިވާ ރާއްޖޭގެ ފޮޓޯ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް