2014 ވަނަ އަހަރު އަރޖެންޓީނާގެ މޮޅު ކުޅުންތެރިޔަކަށް ޑިމަރިޔާ ހޮވިއްޖެ

އަރޖެންޓީނާގެ މިއަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް މެންޗަސްޓަރ ޔުނައިޓެޑްގެ ވިންގަރ އެންޚާލް ޑިމަރިޔާ ހޮވިއްޖެއެވެ. ޑިމަރިޔާގެ އިތުރުން އެވާޑަށް ވާދަކޮށްފައިވަނީ ބަރސާގެ ލިއޯ މެސީ އަދި ސާޖ...

18 Dec 2014 | 07:17

އަރޖެންޓީނާގެ މިއަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް މެންޗަސްޓަރ ޔުނައިޓެޑްގެ ވިންގަރ އެންޚާލް ޑިމަރިޔާ ހޮވިއްޖެއެވެ.

ޑިމަރިޔާގެ އިތުރުން އެވާޑަށް ވާދަކޮށްފައިވަނީ ބަރސާގެ ލިއޯ މެސީ އަދި ސާޖިއޯ އަގުއޭރޯއެވެ. މިއަހަރުގެ އެވާޑް ޑިމަރިޔާއަށް ލިބިފައިވާއިރު، މިއީ 2006 ވަނަ އަހަރަށްފަހު މެސީ ނޫން އެހެން ކުޅުންތެރިޔަކު އެވާޑް ހާސިލްކުރި ފުރަތަމަ ފަހަރެވެ.

60 މިލިއަން ޕައުންޑްގެ ރެކޯޑު ޓްރާންސްފާ ފީ އަކަށް ވޭތުވެދިޔަ ޓްރާންސްފާ ސީޒަންގައި ރިއާލްއިން މެން ޔުނައިޓެޑަށް ބަދަލު ޑިމަރިޔާ އަރޖެންޓީނާގެ މޮޅު ކުޅުންތެރިޔާގެ އެވާޑް ކަމަށްވާ އޮލިންޕިއާ ޑި ޕްލާޓާއާއި ހާވާލުވެފައިވަނީ އަންގާރާ ދުވަހު ބޭއްވި އެކަމަށް ހާއްސަ ރަސްމިއްޔާތެއްގައެވެ.

ވޭތުވެދިޔަ ވާރލްޑް ކަޕްގައި މޮޅު ކުޅުންތެރިޔާގެ މަގާމާއެކު ވޭތުވެދިޔަ ސީޒަންގައި 56 ގޯލަ ގައުމީޓީމުގެ އިތުރުން ކުލަބަށް ކާމިޔާބުކޮށްދިން މެސީއަށް އެވާޑް ލިބޭނެކަމަށް ގިނަ ބަޔަކު އުންމީދުކުރިއެވެ. ނަމަވެސް ޑިމަރިޔާވަނީ ވާރލްޑް ކަޕްގައި އަރޖެންޓީނާ ފައިނަލަށް ގެންދިޔުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.

މީގެއިތުރުންވެސް ރިއާލްއަށް ޗެމްޕިއަންސްލީގު ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ޑިމަރިޔާވަނީ  ލީގުގައިވެސް ތަފާތު މޮޅު ކުޅުމެއްދާ ވޭތުވެދިޔަ ސީޒަންގައި ޖުމްލަ 42 މެޗުން 7 ގޯލާއެކު 25 އެސިސްޓް ހަދާދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް