ނ. ވާދޫ ނަމަކަށްކިޔާ ގައު މަތީ ފަޅުރަށަކަށް ފަންހޮވަން ދިޔަބަޔަކު ހާލުގައިޖެހުމުން އެފަރާތްތަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން ބުނީ އެ މީހުން ހާލުގައިޖެހިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށާއި މިމަޢުލޫމާތު ލިބުމާއެކު ނ. މަނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެރަށްގޮސް އެ މީހުން މަނަދޫއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
އެ މީހުން ހާލުގައިޖެހިފައިވަނީ ރާޅު ބޮޑުވުމުގެ ސަބަބުން އެމީހުން ދަތުރުކުރި ދޯނި ރާޅުފަށަށް އުރުމާ ގުޅިގެން ކަމަށާއި އެވަގުތު އެދޯނީގައި ފިރިހެނަކާއި 3 އަންހެނަކު ތިބިނަމަވެސް އެ މީހުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް