ހީރޯ އިންޑިއަން ސުޕަރލީގުގެ ފައިނަލަށް ކެރެލާ ބްލާސްޓަރސް އަދި ކޮލްކަޓާ ދަތުރުކޮށްފިއެވެ.
އިންޑިއަން ސުޕަރލީގުގެ ސެމީފައިނަލް ދެ މެޗުގެވެސް ދެ ލެގު ނިމިފައިވާއިރު ފައިނަލަށް ދަތުރުކުރި 2 ޓީމްވަނީ ކަށަވަރުވެފައެވެ.
އެންމެ ފުރަތަމަ ފައިނަލަށް ދަތުރުކުރި ކެރެލާ ބްލާސްޓަރސް ފައިނަލަށް ދަތުރުކޮށްފައިވަނީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. އެގޮތުން ފުރަތަމަ ލެގުގައި 3-0 ގެ ނަތީޖާއަކުން ކެރެލާ މޮޅުވެފައިވީނަމަވެސް 2 ވަނަ ލެގުގެ ފުރިހަމަ ވަގުތުހަމަވިއިރު ޗެންނާއީންވަނީ 3 ގޯލް ޖަހާ އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށްފައެވެ. އެގޮތުން މެޗުގެ އިތުރުވަގުތު ނިމެންދަނިކޮށް ކެރެލާއިންވަނި ގޯލެއްޖަހާ ފައިނަލް ކަށަވަރުކޮށްފައެވެ.
ރޭ ކުޅުނު ސެމީފައިނަލް ދެވަނަ މެޗުގެ 2 ވަނަ ލެގަށް ކޮލްކަޓާ އަދި ގޯއާ ނިކުތްއިރުވެސް އެގްރިގޭޓް ސްކޯރއަކީ 0-0 އެވެ. އެގޮތުން ރޭ ކުޅުނު ސެމީފައިނަލްގެ 2 ވަނަ ލެގުގެ 90 މިނެޓް ހަމަވިއިރުވެސް ދެޓީމުންކުރެ އެއްވެސް ޓީމަަކަށް ގޯލެއް ކާމިޔާބުކުރިވިފައެއް ނުވެއެވެ.
މެޗު އިތުރުވަގުތަށް ގޮސްގެންވެސް މެޗުގެ ނަތީޖާ ބަދަލުކުރެވިފައިނުވާއިރު، މެޗު ނިންމަން ޖެހުނީ ޕެނެލްޓީ ޖަހައިގެނެވެ. އެގޮތުން ގޯއާގެ ފުރަތަމަ ޕެނެލްޓީ ޖަހަން ކުރީގެ އަރސެނަލްގެ ޑިފެންޑަރ ސަންޓޯސް ދިޔައިރު، ސަންޓޯސްގެ ޕެނެލްޓީ ދިޔައީ ގޯލްގެ މަތިންނެވެ. ކޮލްކަޓާއިން ހުރިހާ ޕެނެލްޓީ ކާމިޔާބުކުރިއިރު ގޯއާގެ 3 ވަނައަށް ޖެހި ޕެނެލްޓީ އަމާޒުވެފައިވަނީ ގޯލްގެ ދަނޑިއާއެވެ.
އެތްލެޓިކޯ ޑި ކޮލްކަޓާއިން ގޯއާގެ މައްޗަށް ޕެނެލްޓީ ޖަހައިގެން ކުރި ހޯދާފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ.
ހީރޯ އިންޑިއަން ސުޕަރލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަަނަ ދުވަހު މުމްބާއީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް