ލީގު ކަޕް: ޗެލްސީ އަދި ލިވަރޕޫލް ސެމީފައިނަލްގައި ވާދަކުރަން ޖެހިއްޖެ

އިނގެރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގައި އިނގެރޭސި ފުޓުބޯޅައިގެ ގަދަ ދެ ބާރުކަމަށްވާ ޗެލްސީ އަދި ލިވަރޕޫލް ވާދަކުރަން ޖެހިއްޖެއެވެ. ޗެލްސީން ލީގު ކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ކުއަރޓާފައިނަލްގައ...

18 Dec 2014 | 06:10

އިނގެރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގައި އިނގެރޭސި ފުޓުބޯޅައިގެ ގަދަ ދެ ބާރުކަމަށްވާ ޗެލްސީ އަދި ލިވަރޕޫލް ވާދަކުރަން ޖެހިއްޖެއެވެ.

ޗެލްސީން ލީގު ކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ކުއަރޓާފައިނަލްގައި ޑަރބީ ކައުންޓީ 3-1 ގެ ނަތީޖާއަކުން ބަލިކޮށްގެނެވެ.

ލިވަރޕޫލްއިން ރޭ ކުޅުނު ކުއަރޓާފައިނަލްގައި ބޯންމައުތް ބަލިކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ 3 ގޯލްގެ ތެރެއިން 2 ގޯލް ކާމިޔާބުކޮށްދީފައިވަނީ ރަހީމް ސްޓަރލިންގެވެ. އަނެތް ގޯލް ކާމިޔާބުކޮށްދީފައިވަނީ މަރުކޮވިޗެވެ.

2 ލެގު ކުޅެވޭ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ. ލީގު ކަޕްގެ ފައިނަލް އޮންނާނެ ރާރީހަކީ މާރޗް މަހުގެ 1 ވަނަ ދުވަހުގައެވެ.

ލީގު ކަޕްގެ ސެމީފައިނަލް 2 ވަނަ މެޗުގައި ވާދަކުރާނީ ޗެމްޕިއަންޝިޕްގެ ޝެފީލްސް ޔުނައިޓެޑް އަދި ޕްރިމިއަރލީގުގެ ޓޮޓެންހަމްއެވެ. ޓޮޓެންހަމް ސެމީއަށް ދަތުރުކުރީ ރޭ ކުޅުނު ކުއަރޓާގައި ނިއުކާސަލް ކޮޅަށްޖެހި 4 ގޯލާއެކު 4-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް