ރިލޭ ނިއުރޭޑިންޓަށް ސޮއެކޮށްފި

ދިވެހި ގައުމީޓީމުގެ ފަހަތުގައި މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ޒުވާން ޑިފެންޑަރ ރިލްވާން ވަހީދު (ކަކާ ރިލޭ) އަނެއްކާވެސް ނިއުރޭޑިއަންޓާއި ގުޅިއްޖެއެވެ. ވޭތުވެދިޔަ ސީޒަންގައި މާޒިޔާއިން ފެނިގެންދިޔ...

18 Dec 2014 | 05:41

ދިވެހި ގައުމީޓީމުގެ ފަހަތުގައި މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ޒުވާން ޑިފެންޑަރ ރިލްވާން ވަހީދު (ކަކާ ރިލޭ) އަނެއްކާވެސް ނިއުރޭޑިއަންޓާއި ގުޅިއްޖެއެވެ.

ވޭތުވެދިޔަ ސީޒަންގައި މާޒިޔާއިން ފެނިގެންދިޔާ ރިލޭ ނިއުރޭޑިއެންޓަށް ސޮއެކޮށްފައިވަނީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

2013 ވަނަ އަހަރުގެ ސީޒަންގައި ނިއު ހޯދި ކާމިޔާބީތަކުގައި މުހިއްމު ރޯލެއް އަދާކުރި ރިލްވާން 2014 ގައި ނިއުރޭޑިއަންތް ދޫކޮށްލާފައިވަނީ ޑިސްޕްލިނަރީ މައްސަލަތަކަކާއި ގުޅިގެނެވެ.

ނަަމަވެސް މިސީޒަންގައި ނިއުއާއި ގުޅުމަށްފަހު ރިލްވާންވަނީ އެކަންތަކަށް ސަޕޯޓަރުން އަދި ކުޅުންތެރިންގެ ކިބައިން މާފަށް އެދިފައެވެ. އަދި ބޭނުންވަނީ ކުޅުންތެރިއެއްގެ ގޮތުގައި ކުރިއެރުންތަކެއް ހޯދަން ކަމަށާއި، އެ ފުރުސަތުއޮތީ ނިއުރޭޑިއަންޓްގައި ކަމަށްވވެސް ރިލޭ ފާހަގަކުރިއެވެ.

ސަޕޯޓަރުން ބޭނުންވަނީ ރިލޭ ނިއުއަށް ދިއުމަށް ކަމަށްވެސް ރިލޭވަނީ ހާމަކޮށްފައެވެ.

ރިލޭ އަކީ މިހިނގާ ޓްރާންސްފާ ސީޒަންގައި ނިއުގެ ސްކޮޑަށް އިތުރުކުރި ދެވަނަ ކުޅުންތެރިޔާއެވެ. އެގޮތުން ގައުމީ ޓީމްގެ މިޑްފީލްޑަރ އަޑުބަރޭވެސް ވަނީ މިސީޒަންގައި ނިއުއަށް ސޮއެކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް