ކަސްޓަމަރުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ލަކްސް ގްލޯގެ އައު ފިހާރައެއް ހުޅުވައިފި - މިފަހަރު މަޖީދީ މަގުގައި

18 Nov 2026 | 21:11
ކަސްޓަމަރުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ލަކްސް ގްލޯގެ އައު ފިހާރައެއް ހުޅުވައިފި - މިފަހަރު މަޖީދީ މަގުގައި

އޮންލައިން ޕްލެޓްފޯމެއްގެ ގޮތުގައި ފެށި ލަކްސް ގްލޯއިން މާލޭ މަޖީދީމަގުގައި އެ ބްރޭންޑުގެ ދެވަނަ ފިޒިކަލް ފިހާރަ ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވާފައިވަނީ މ. ކެލާގޭ ގްރައުންޑް ފްލޯގައެވެ. އެއީ މަޖީދީމަގު ވިލާމާޓާއި މަޖީދީމަގު ވޭލާ ހަތަރެއް ކައިރިއެވެ.

Advertisement

ލަކްސް ގްލޯގެ ފުރަތަމަ ފިހާރަ ހިންގަމުން އަންނަނީ ކޮމާޝަލް ބެންކާ ޖެހިގެން އަމީރުއަހުމަދު މަގުގައެވެ. މީގެ ކުރިން މި ބްރޭންޑުން ރާއްޖޭގެ އެކި ހިސާބުތަކަށް ހިދުމަތް ފޯރުކޮށްދެމުން ގެންދިޔައީ އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށެވެ.

ދެ ފިހާރައިން ވެސް ބައިނަލްއަގުވާމީ މަޝްހޫރު ބްރޭންޑުތަކުގެ ސްކިންކެއާ، މޭކަޕް، އިސްތަށިގަނޑާ ގުޅޭ ޕްރޮޑަކްޓުތައް އަދި ތަފާތު ވައްތަރުގެ ސެންޓު ލިބެން ހުންނާނެއެވެ. ޓެސްޓަރުތައް ބޭނުންކޮށްގެން އުފެއްދުންތައް ތަޖުރިބާކޮށްލެވޭއިރު، ކޮންމެ ކަސްޓަމަރެއްގެ ހަންގަނޑާ އެންމެ ގުޅޭ ޕްރޮޑަކްޓެއް ކަނޑައެޅުމުގައި ފިހާރައިގެ މުވައްޒަފުންގެ ފަންނީ އެހީތެރިކަން ލިބެން ހުންނާނެއެވެ.

މި ދެ ފިހާރައިގެ ސަބަބުން ކަސްޓަމަރުންނަށް ޑެލިވަރީއަށް މަޑުނުކޮށް ވަގުތުން ތަކެތި ގަނެގެން ގެންދެވޭނެއެވެ. އަދި އޮންލައިން ސްޓޯރުގައި ހިމެނޭ ހުރިހާ ޕްރޮޑަކްޓެއް ފިހާރައިން ވެސް ލިބެން ހުންނާނެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ތިބި ކަސްޓަމަރުންނަށް ކުރިއެކޭ އެއްގޮތަށް ލަކްސް ގްލޯގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ހިދުމަތް ލިބެމުންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް