ބޭރު ފައިސާ މާރުކޮށްދޭ ތިން ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ބާތިލުކޮށްފި

18 Nov 2026 | 17:49
ބޭރު ފައިސާ މާރުކޮށްދޭ ތިން ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ބާތިލުކޮށްފި

ބޭރު ފައިސާ ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް ބާތިލްކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން ބުނީ ލައިސަންސް ބާތިލު ކުރީ އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ. ލައިނސެންސް އިތުރުން އެތަންތަން ވަނީ ޖޫރިމަނާ ކޮށްފައައެވެ.

Advertisement

އެމްއެމްއޭއިން ބުނީ އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާއި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރީ 250,000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއިން ކަމަށެވެ. އަދި މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 500,000 (ފަސް ލައްކަ) ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

އެމްއެމްއޭއިން މައުލޫމާތު ދޭގޮތުގައި ބޭރު ފައިސާ ގަނެވިއްކުމުގައި ބައެއް ފަރާތްތަކުން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުންނުދާކަން ފާހަގަވާ ކަމަށެވެ. ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މި އޮތޯރިޓީން އިލްތިމާސްކޮށްފައިވެ އެވެ.

އެއިދާރާއިން ބުނީ ޤާނޫނާއި ގަވާއިދާއި ޚިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތްތާގައި ވެސް އެމްއެމްއޭ އާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅުއަޅަމުން ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް