މެލޭޝިއާއިން ރާއްޖެ އައި ދިވެހި ޒުވާނެއްގެ އަތުން ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

18 Nov 2026 | 13:54
މެލޭޝިއާއިން ރާއްޖެ އައި ދިވެހި ޒުވާނެއްގެ އަތުން ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެއަށް ވައިގެ މަގުން އެތެރެ ކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި އަތުލައި ގަތީ މިމަހުގެ އަށް ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެތަކެތި އެތެރެ ކުރަން އުޅުނީ މެލޭޝިއާއިން ރާއްޖެ އައި 32 އަހަރުގެ ދިވެހި ފިރިނެކެވެ.

Advertisement

ކަސްޓަމްސްއިން މައުލޫމާތުދޭގޮތުގައި އެމީހާގެ އަތުން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 2.3 ކިލޯގެ ހެރޮއިންނެވެ. މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ގެނައި ލަގެޖުގައި ފޮރުވާފައި ހުއްޓަ އެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އެތަކެތި އެތެރެކުރަން އުޅުނު މީހާ މިހާރު ވަނީ އިތުރު ތަހުގީގަށް ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ޓަކައި ގައުމީ ފެންވަރުގައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ކަސްޓަމްސްއިން ދަނީ ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް