ޒިމްބާބުވޭގަ އެޗްއައިވީ ކޮންޓްރޯލް ކުރުމުގަ ހޯދި ކާމިޔާބު، ޒުވާން ޖީލުގެ ފަރުވާ ކުޑަކަމުން ގެއްލެނީ!

18 Nov 2026 | 17:05
އެޗްއައިވީއަށް ބޭނުން ކުރާ ބޭހެއް --

އެޗްއައިވީއަށް ބޭނުން ކުރާ ބޭހެއް --

ޒިމްބާބްވޭގައި އެޗްއައިވީ ފެތުރުން ކޮންޓްރޯލް ކުރުމުގައި ފާއިތުވި އަހަރުތަކުގައި ހޯދި ބޮޑެތި ކުރިއެރުންތައް ޒުވާން ޖީލުގެ ފަރުވާކުޑަ އަމަލުތަކާ ހެދި ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ސިއްޙީ ތަޖުރިބާކާރުންނާއި ނަރުހުން ފާޅުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޒިމްބާބުވޭގައި އެންމެ ގަދަޔަށް އެޗްއައިވީ ފެތުރުނީ 1990 ގެ އަހަރު ތަކުގައި އެވެ. އެ ދުވަސްވަރު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ވަރުބަލިވެ ދާއިރާ ދޫކޮށްލާ ހިސާބަށް ދިޔަ އިރު ކޮންމެ ދުވަހަކުހެން އެތައް ސަތޭކަ ބަޔަކު އެ ބަލީގައި މަރުވެ އެވެ.

Advertisement

ނަމަވެސް އެންޓީރެޓްރޯވައިރަލް ފަރުވާ ތައާރަފުވެ، ރައްކާތެރިކަމުގެ ވަސީލަތްތައް ލިބެން ފެށުމުން މަންޒަރު ބަދަލުވިތާ 48 އަހަރުފަހުން ޒުވާނުންގެ މެދުގައި ބަލީގެ ނުރައްކާ އެކަށީގެންވާ ގޮތުގައި ވަޒަންނުކުރެވުން ވެފައިވަނީ އެގައުމަށް ކުރިމަތިވެފައިވާ ނުރައްކަލަކަށެވެ.

އދ.ގެ އެއިޑްސް ޖަމިއްޔާ (ޔޫއެންއެއިޑްސް) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޒިމްބާބްވޭގައި އަހަރެއްގެ ތެރޭ އަލަށް އެޗްއައިވީ ޖެހޭ މީހުންގެ އަދަދު 2010 ގައި 79,000 އިން 2023 ގައި 15,000 އަށް ތިރިވެފައިވެއެވެ. 15 އަހަރާއި 24 އަހަރާ ދެމެދުގެ ޢުމުރުފުރައިގައި އެ އަދަދު ހަމަ އެ މުއްދަތުގައި 27,000 އިން 4,400 އަށް ދަށަށް ގޮސްފައިވެއެވެ. އެހެންނަމަވެސް މި ކާމިޔާބީ ދެމެހެއްޓޭނީ ޒުވާނުން ބައްޔަށް ރައްކާތެރިވާނަމަ އެވެ.

ޒިމްބާބްވޭގެ ޢާއިލީ ޑޮކްޓަރެއް ކަމުގައިވާ ޑރ. މިޝެކް ރުވެންޑެ ސެޕްޓެމްބަރު މަހު އެކްސްގައި ހާމަކުރި ގޮތުގައި، އެޗްއައިވީ ހުއްޓުވުމަށް މިހާތަނަށް ލިބިފައިވާ އެންމެ ރަނގަޅު ވަސީލަތްތައްކަމަށްވާ އަވަސް ޓެސްޓުކުރުމާއި ޕީއީޕީ އާއި އިންޖެކްޓެބަލް ބޭސް — ހުއްޓަ ޤައުމު ފަހަތަށް ޖެހެމުންދާ ކަމަށެވެ.

މޯޔޯ ޤަބޫލުކުރާ ގޮތުގައި، ފަރުވާ ކާމިޔާބުވެ ބަލީގައި ވަގުތުން ފުރާނައަށް ނުރައްކާ ނުވާތީ ބައެއް ޒުވާނުން ބަލި ޖެހުމުގެ ނަތީޖާ ކުޑައެއްޗެއް ކަމަށް ދެކެއެވެ. އޭނާގެ ފިރިހެން ދަރިފުޅާއި އެކުވެރިންގެ ފޭސްބުކް ވާހަކައެއްގައި "ލޭ މައްޗަށް ދިޔުމަކީ އެޗްއައިވީ އަށް ވުރެ ގޯސް ކަމެއް" ކަމަށް ކޮމެންޓެއް ކުރި ކަމަށް އޭނާ ހިތާމައާއި އެކު ފާހަގަކޮށްފައިވެ އެވެ.

މި ގޮންޖެހުން އޮތީ ޒިމްބާބްވޭ އެކަންޏެއް ނޫނެވެ.

ދެކުނު އެފްރިކާގެ އެޗްއައިވީ ޑޮކްޓަރެއް އަދި ޕާޕަސް 1 ކްލިނިކަލް ޓްރަޔަލް ރިޕޯޓުގެ ކޯ-އޯތަރެއް ކަމުގައިވާ ޑރ. ލިންޑާ-ގެއިލް ބެކާ ޤަބޫލުކުރާ ގޮތުގައި، އެއީޑްސް ބައްޔާއި މެދު ޒުވާނުންގެ ހިތުގައި ބިރުވެރިކަން އުފައްދައިގެން ދެވޭ މެސެޖުތަކުން މިހާރު ނަތީޖާއެއް ނުނެރެވެ އެވެ.

ޔޫއެންއެއިޑްސް އިން 2025 ގެ މާރިޗު މަހު ރިޕޯޓުކުރި ގޮތުގައި، އެމެރިކާ ފަންޑުކުރާ އެޗްއައިވީ ޕްރޮގްރާމުތަކަށް ބުރޫ އެރުމުން ޒިމްބާބްވޭގައި ޕީއީޕީ، ޓެސްޓުކުރުމާއި ކައުންސެލިން ފަދަ ޚިދުމަތްތަކަށް ހުރަސް އެޅިފައިވެއެވެ. އަދި އެޗްއައިވީ ޖެހިފައިވާ ޒުވާނުން ފަރުވާ ކުރާ ނަމަ ބަލީގައި މަރު ނުވާނެކަން ޔަގީންކޮށްގެން އުޅެން ބޭނުން ކޮންމެ ގޮތަކަށް އުޅެމުންދާ ކަމަށް ބުންޏެވެ.

ޔޫއެންއެއިޑްސް ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2023 ގައި ދުނިޔޭގެ ފެންވަރުގައި 15 އަހަރާއި 24 އަހަރާ ދެމެދުގެ 210,000 އަންހެން ކުއްޖަކަށް އެޗްއައިވީ ޖެހުނެވެ. އޭގެ ތެރެއިން 160,000 އެޗްއައިވީ ޖެހުނީ ސަބް-ސެހެރެން އެފްރިކާ ސަރަޙައްދުގައެވެ. ޒިމްބާބްވޭގެ އަވައްޓެރި ދެކުނު އެފްރިކާގައި އެކަނި ވެސް 2023 ގައި 7.7 މިލިއަން މީހުން އެޗްއައިވީ އާ އެކު ދިރިއުޅެމުން ދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް