ޕީއެންސީގެ އާންމު މެމްބަރުން -- ދުވަސް ފޮޓޯ: އަހުމަދު އަބާން
ވެރިކަން ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް )ޕީއެންސީ( ގެ މެމްބަރުންގެ އަދަދު 98،000 އަށްވުރެ މައްޗަށް އަރައިފި އެވެ،
އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާ ގިނަވެފައި މިވަނީ ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަ ކުރަމުންދާއިރު އެވެ. އިލެކްޝަންސް ކޮމިޝަން )އީސީ( ގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން ޕީއެންސީގައި 98،397 މެންބަރުން އެބަ ތިއްބެވެ.
އެ ޕާޓީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100،000 މެމްބަރުން ހަމަކުރުމެވެ. ޕީއެންސީން މީގެ ކުރިން ބުނީ އެ ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުވަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަށް ގިނަ އާންމުން ތާއީދު ކުރާތީ ކަމަށެވެ.
ޕީއެންސީގެ އިތުރުން ދެން އެންމެ މެންބަރުން ގިނައީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގަ އެވެ. އެ ޕާޓީގައި 54،201 މެންބަރުން އެބަ ތިއްބެވި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީން ވަނީ ނުސީދާކޮށް ޕީއެންސީއަށް މެމްބަރުން އިތުރުވާ ކަމަށްބުނެ ފާޑުކިޔާފައި އެވެ. ކުރީގެ ނަިއބު ރައީސް ފައިސަލް ނަސީބު ބޭއްވެވި ނޫސްވެރިންގެ ބައްދަލުމެއްގައި ވިދާޅުވީ ވަކި ޕާޓީއަކަށް ވަންނަން ޖެހުން މަޖުބޫރުވެ އާންމު ރައްޔިތުން ނަފްސާނީ ވަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް