"މާތުރުބޫމީ" ޓީމަށް ސަލްމާން، އަގުބޮޑު ގަޑިތަކެއް ހަދިޔާކޮށްފި

18 Nov 2026 | 16:17
ސަލްމާން ހާން ޓީމު މެންބަރުންނަށް ގަޑީ ހަދިޔާ ކުރަނީ

ސަލްމާން ހާން ޓީމު މެންބަރުންނަށް ގަޑީ ހަދިޔާ ކުރަނީ

ބޮލީވުޑް ތަރި ސަލްމާން ޚާން އޭނާގެ ކުރިއަށް އޮތް ފިލްމު މާތުރުބޫމީ: މެއި ވޯ ރެސްޓް އިން ޕީސްގެ ކާސްޓާއި ކުރޫގެ ކޮންމެ މެންބަރަކަށް ސްވިސް ލަގްޒަރީ ގަޑިއެއް ހަދިޔާކޮށްފިއެވެ.

މި ފިލްމުގެ ޓްރެއިލާ ދައްކާލުމުގެ ރަސްމިއްޔާތު ބޭއްވީ މިމަހުގެ ދިހަ ވަނަ ދުވަހު އެވެ. އެ ހަފްލާއަށް ފަހު މިމަހުގެ 12 ވަނަ ދުވަހު ސަލްމާން ވަނީ ފިލްމުގެ މަސައްކަތުގައި އުޅުނު ހުރިހާ އެންމެންނަށް އޭނާގެ ޕަންވެލްގައި ހުންނަ އޭނާގެ ފާމްހައުސްއަށް ދައުވަތު ދީގެން ޕާޓީއެއް ބާއްވާފައި އެވެ.

Advertisement

ރިޕޯޓުތައް ބުނާގޮތުގައި އެ ޕާޓީ ބޭއްވީ ފިލްމުގެ ޕްރޮމޯޝަނަލް ޕްލޭންތައް މަޝްވަރާ ކުރުމުގެ ނަމުގަ ކަމަށްވެ އެވެ. ނަމަވެސް ހަފުލާ ބަދަލުވީ ޓީމުގެ މެންބަރުން ސިއްސައިގެން ދިޔަ ހަދިޔާ ހަފުލާއަކަށެވެ.

ކަޕޫރު ވޮޗް ކޮންޕެނީގެ މި ގަޑިތަކުގެ އަގު ދެ ލައްކަ ރުޕީސް އާއި ހަ ލައްކަ ރުޕީސް އާ ދެމެދެވެ. ފިލްމުގެ ޑައިރެކްޓަރު އަޕޫރުވާ ލާކިޔާ އާއި ތަރިން ކަމުގައިވާ ޗިތުރާންގްދާ ސިންގް އާއި އަންކޫރު ބާޓިޔާ އާއި ވިޕިން ބާރަދުވާޖު ހިމެނޭ ގޮތަށް ކާސްޓާއި ކުރޫގެ ހުރިހާ މެންބަރުން މި ހަފުލާގައި ބައިވެރިވިއެވެ.

ހަފުލާގައި ހާޒިރުވެ ހުރި ފަރާތެއް މީޑީއާގައި ބުނެފައިވާ ގޮތުގައި "ޑިލޭތަކާއި ގޮންޖެހުންތަކާ އެކުވެސް މާތުރުބޫމީ ނިމިގެން އައި ގޮތާ މެދު ސަލްމާން ހުރީ ހިތްހަމަޖެހިފައެވެ.

ގޮންޖެހުން ބޮޑު ދަތުރެއް ކަޑައްތުކޮށް މާތުރުބޫމީ މިހާރު ތައްޔާރުވަމުން އަންނަނީ ސިނަމާތަކުގައި ރިލީޒްކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް