ޖުމްހޫރީ ދުވަހުގެ ޖަލްސާގައި 113 ބޭފުޅަކަށް އިނާމު ދޭނެ

މާދަމާރޭ ބާއްވާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ހާއްސަ އިނާމު 113 ބޭފުޅަކަށް ދެއްވުމަށް ވަނީ ނިންމައިފައެވެ.

18 Nov 2026 | 10:04
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި 113 ބޭފުޅަކަށް އިނާމު ދޭނެ

މާދަމާރޭ ޒުވާނުންގެ މަރުކަޒުގައި ބާއްވާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ހާއްސަ އިނާމު ޖުމްލަ 113 ބޭފުޅަކަށް ދެއްވުމަށް ނިންމައިފިއެވެ.

ރޭގަނޑު 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި ދައުލަތަށް ހިދުމަތް ކުރެއްވި 56 ބޭފުޅަކަށް ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނީ ލިޔުމެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާނެއެވެ. މި ބޭފުޅުން ހޮއްވެވީ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

Advertisement

މަތީ ދަރަޖަ ހޯދައިގެން ދެއްވާ ހާއްސަ އިނާމު ލިބިވަޑައިގަންނަވާ 57 ބޭފުޅުންގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރެއްވުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ހަ ބޭފުޅަކާއި، ލެވެލް 7 ނުވަތަ 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރެއްވުމުގައި އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅެއް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެ ނޫން ވެސް މިންކުރުމަކުން އެންމެ މަތީ ޝަރަފު ހޯދި އެއް ފަރާތެއް ވެސް މި ލިސްޓުގައި ހިމެނެއެވެ. ހާއްސަ އިނާމުގެ ގޮތުގައި ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. މި ބޭފުޅުން ކަނޑައެޅުއްވީ ހާއްސަ އިނާމާ ބެހޭ ކޮމިޓީންނެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި 66 ބޭފުޅަކަށް ވަނީ އިނާމު ދެއްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް