މާލީ ހޭލުންތެރިކަމުގެ ފެސްޓިވަލް "އެމްއެމްއޭ ފިންލެޓް ފެސްޓް 2026" ހއ. އަތޮޅުގެ ހަ ރަށެއްގައި ބާއްވަނީ

އެމްއެމްއޭގެ ފިންލިޓް ފެސްޓް 2026 ގެ ދަށުން މި މަހުގެ 20 އިން 22 އަށް ދިއްދޫ، ވަށަފަރު، ކެލާ، އުތީމު، ފިއްލަދޫ އަދި މުރައިދޫގައި މާލީ ހޭލުންތެރިކަމުގެ ހަރަކާތްތައް ހިންގާނެއެވެ.

18 Nov 2026 | 09:58
މާލީ ހޭލުންތެރިކަމުގެ ފެސްޓިވަލް "އެމްއެމްއޭ ފިންލެޓް ފެސްޓް 2026" ހއ. އަތޮޅުގެ ހަ ރަށެއްގައި ބާއްވަނީ

އެމްއެމްއޭގެ ފިންލިޓް ފެސްޓް 2026 ގެ ދަށުން މި މަހުގެ 20 އިން 22 އަށް ހއ. އަތޮޅުގެ ހަ ރަށެއްގައި މާލީ ހޭލުންތެރިކަމާ ގުޅޭ ހަރަކާތްތަކެއް ހިންގުމަށް ހަމަޖައްސައިފިއެވެ.

މި ދަތުރުގައި އެމްއެމްއޭގެ ޓީމުތައް ޒިޔާރަތްކުރާ ރަށްތަކަކީ ދިއްދޫ، ވަށަފަރު، ކެލާ، އުތީމު، ފިއްލަދޫ އަދި މުރައިދޫއެވެ. މި ރަށްތަކުގައި ރާއްޖޭގެ އިގުތިސާދާއި މާލީ ދާއިރާއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ރާވައިފައެވެ. ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ހާއްސަ މެކްރޯ އިކޮނޮމިކްސް އެވެއާނެސް ސެޝަންތައް ވެސް މި ޕްރޮގުރާމުގެ ތެރެއިން ހިންގާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

Advertisement

ދިއްދޫ އާއި ވަށަފަރުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރުގައި ބީސީސީ، ބީއެމްއެލް، އެމްއައިބީ އަދި މީރާ ފަދަ އިދާރާތައް ބައިވެރިވާނެއެވެ. އެމްއެމްއޭއިން ބުނި ގޮތުގައި، މި އިވެންޓުގައި ރާއްޖޭގެ ފައިސާގެ ތާރީހާ ގުޅޭ ހާއްސަ ސްޓޯލެއް ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި އަހަރުގެ ފައިނޭންޝަލް އެކްސްޕޯގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ސްޓޯލެއް ކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

ހއ. އަތޮޅުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ، ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި 2025 ވަނަ އަހަރު އެމްއެމްއޭއިން ފެށި ޕްރޮގުރާމެއްގެ ދަށުން ހިންގާ ހަރަކާތެކެވެ. މި އަހަރު ވެސް ފިންލިޓް ފެސްޓްގެ ތެރެއިން ބަހުސް މުބާރާތަކާއި ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތް ވަނީ ބާއްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް