މަންތާ އެއަރ ގެ ސީޕްލޭންގެ ހިދުމަތް އިއްޔެ ފަށާފައިވާއިރު އެ އެއަރލައިންގެ ފަސްވަނަ ސީ ޕްލޭން އަންނަ ބުދަ ދުވަހު ރާއްޖެ އަންނާނެ ކަމުގައި މަންތާ އެއަރ އިން ބުނެފިއެވެ.
މަންތާ އެއަރ އިން މިކަން ހާމަކޮށްފައިވަނީ އެ އެއަރލައިންގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
LikeAManta# މި ހޭޝްޓެގާއެކު ސޯޝަލް މީޑިއާއަށް މަންތާ އެއަރ އިން ދޫކޮށްލާފައިވާ ޕޯސްޓްގައި ބުނެފައިވަނީ އުފާވެރި ވަގުތުތައް އޮތީ ކުރިއަށް ކަމަށާއި މަންތާ އެއަރގެ ފަސްވަނަ ސީޕްލޭން ރާއްޖެ އައުމަށް މިހާރު ދަތުރުފަށާފައިވާކަމަށެވެ. 20 ވަނަ (ބުދަ) ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.
މަންތާ އެއަރ ގެ ސީޕްލޭން ޓާމިނަލް އިއްޔެ ހުޅުވައި ސީ ޕްލޭންގެ ހިދުމަތް އިއްޔެ މިއީ ރާއްޖޭގެ ސީޕްލޭންގެ ޚިދުމަތްދޭ ތިންވަނަ އެއަރލައިންއެވެ.
މަންތާ އެއަރ އިން މިހާތަނަށް ހަތަރު ސީ ޕްލޭން ރާއްޖެ ގެނެސް ފަސް ވަނަ ސީ ޕްލޭން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖުމްލަ 10 ސީޕްލޭން އެއެއަރލައިންގެ ސީޕްލޭން ފްލީޓްގައި ހިމެނޭނެ ކަމަށް މަންތާ އެއަރ އިން ބުނެއެވެ.
ރާއްޖޭގެ އުދުހުންތަކަށް ޚާއްސަ މަންތާ އެއަރގެ ދަތުރުތައް ރަސްމީކޮށް ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. މަންތާ އެއަރ އަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަ ތިން ވަނަ އެއަރލައިންއަށްވީއިރު، މިއެއަރލައިން އިން މި ވަގުތު އުދުހެނީ ބ.ދަރަވަންދު އަށާއި ދ.ކުޑަހުވަދޫ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް