ފިލްމީ ތަރި މަލީހާ ވަހީދު (މަލް)ގެ މައްޗަށް ދައުލަތުން އުފުލި، މަސްތުވާތަކެތީގެ ދައުވާއަށް އޭނާ މިއަދު އިންކާރުކޮށްފިއެވެ.
އެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއެކު މިދިޔަ އޮގަސްޓް މަހުގައި ފުލުހުން ހައްޔަރުކޮށް މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށްއެދި ފޮނުވުމުންނެވެ.
މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު މަލް ހައްޔަރުކުރީ އިތުރު އަންހެނަކާއެކު އދ. މާމިގިއްޔަށް ކުރި ދަތުރެއްގައި މަލްގެ ދަބަހުން މަސްތުވާތަކެތި ފެނުނު ކަމަށް ބުނެއެވެ.
ފުލުހުން އޭރު ބުނެފައިވަނީ މަލްގެ އަތް ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އިތުރު ޕެކެޓެއް ފެނުނު ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މަލްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާއެވެ.
އެ މައްސަލައިގާ މަލް ހައްޔަރުކުރި ނަމަވެސް މިހާރު މަލް ހުރީ ދޫކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް