މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް މަޚްތޫމް ސަލީމް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މަޚްތޫމް އައްޔަނުކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދު ނެގި ވޯޓުން 80 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
މީރާގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައި ވަނީ މަޚްތޫމް ސަލީމް އާއި އިސްމާއިލް ސާޖިދުގެ ނަމެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޢަދަދު ހަތް އަށް އިތުރުކޮށް، ބޯޑުގެ ދައުރުވަނީ ފަސް އަހަރަށް އިތުރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް