ލަންކާގައި ހަމަޖެހުން ޤާއިމްވެފައި އޮތުމަކީ ރާއްޖެއަށް ރަނގަޅެއް: މިނިސްޓަރ ޝާހިދު

އަވަށްޓެރި ސްރީލަންކާގައި ހަމަޖެހުމާއި ފާގަތިކަން ޤާއިމްވެފައި އޮތުމަކީ ރާއްޖެއަށް ފައިދާކުރާނެކަމެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ ލަންކާގައި ބޭއްވި ...

18 Nov 2019 | 04:43

އަވަށްޓެރި ސްރީލަންކާގައި ހަމަޖެހުމާއި ފާގަތިކަން ޤާއިމްވެފައި އޮތުމަކީ ރާއްޖެއަށް ފައިދާކުރާނެކަމެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ގޯތަބަޔާ ރާޖަޕަކްސައަށް މަރުހަބާ ދަންނަވައި، ކުރެއްވި ޓްވީޓެއްގައެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާ ރާއްޖެއާއި ލަންކާގައި އަމާންއޮމާންކޮށް ކުރިއަށްދާތީ އުފާކުރައްވާކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި ލަންކާގައި އަލަށް އުފެދިގެން އަންނަ އާ ސަރުކާރާއެކު މަސައްކަތްކޮށް، ދެޤައުމުގެ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ލަންކާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތް ގޯތަބަޔާ ރާޖަޕަކްސައާ މިދިޔަ މެއި މަހު މިނިސްޓަރ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބައްދަލުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް