ފުލުހުން ބިލެއްފަހީގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ށ. ބިލެއްފަހި ހެލްތު ސެންޓަރ ގުޅިގެން، ބިލެތްފަހި ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި ނޮ...

18 Nov 2019 | 02:10

ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ށ. ބިލެއްފަހި ހެލްތު ސެންޓަރ ގުޅިގެން، ބިލެތްފަހި ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ނޮވެމްބަރ މަހުގެ 10 ން 21 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ ބިލެތްފަހީގައި ދިރިއުޅޭ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ހެދުމުގެ ގޮތުންނާއި، ފުލުހުންނާ އޮންނަ ގުޅުންހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުން ކުރަންވީ ގޮތްތައް ބުނެދެވޭނެއެވެ. މިގޮތުން، ކެއުން ބުއިމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ޑައިޓް ކުރާނެ ގޮތްތަކާއި، އެރޮބިކްސް އާއި ޒުންބާ ކުލާސްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން މި ޕްރޮގްރާމުގައި މޫދު ކަސްރަތު ކުލާސްތަކެއް ކުރިއަށް ގެންދާއިރު، ކުށްމަދު އަމާން މުޖުތަމަޢެއް ބިނާ ކުރުމަށް ކުރެވިިދާނެ ކަންކަމާ ގުޅޭގޮތުން މުހިންމު މެސެޖްތަކެއް ބައިވެެރިންނަށް ހިއްސާ ކުރުމަށް ހަމަޖެހިފައިވާކަމަށާއި މި ޕްރޮގްރާމުގައި 54 ބައިވެރިޔަކު ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދެނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައކަތްކުރާ، މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުން ކަމުގައި ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް