ސިޔާސީ ހައްޔަރީން މިނިވަންކުރުމާބެހޭ ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައިފި

ސިޔާސީ މަޤުޞަދެއްގައި ޖިނާއީ ތުހުމަތެއް ކޮށް، ހައްޔަރު ކޮށްފައިވާ ފަރާތްތައް މިނިވަންކުރުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވުމުގެ ގޮތުން، "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" ރައީސުލްޖުމްހޫ...

18 Nov 2018 | 18:24

ސިޔާސީ މަޤުޞަދެއްގައި ޖިނާއީ ތުހުމަތެއް ކޮށް، ހައްޔަރު ކޮށްފައިވާ ފަރާތްތައް މިނިވަންކުރުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވުމުގެ ގޮތުން، "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ ދުވަހު މި މަސައްކަތްޕުޅު ފެށްޓެވުމުގެ ގޮތުން، "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" އެކުލަވާލައްވާފައިވަނީ 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުއެވެ.

ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތުގައި އެކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް އަދި ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓްގެ އިތުރުން ދައުލަތުގެ ބަންޑާރަނައިބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް