ޝީޝެލްސްގެ ކެބިނެޓް ސެކްރެޓަރީ މުހައްމަދު އަފީފް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަތް ކުރައްވައިފި

ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީ މުޙައްމަދު އަފީފް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތުގައި...

18 Nov 2018 | 11:44

ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީ މުޙައްމަދު އަފީފް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމަށް އިއްޔެ ހަވީރު ބޭއްވެވި ރަސްމިއްޔާތުގެ ދަޢުވަތު ގަބޫލުފުޅު ކުރައްވައި ރާއްޖެ ވަޑައިގެންނެވީތީ އަފީފަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، ކެބިނެޓް ސެކްރެޓަރީ އަފީފް ވެސް ވަނީ މި ޚާއްޞަ ޝަރަފުވެރި ރަސްމިއްޔާތަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތުރުވެރިކަމާއި މަސްވެރިކަން އަދި ކުދި ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާމެދު ގުޅިގެން މަސައްކަތްކުރެއްވުމާ ބެހޭގޮތުން ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީއާ މަޝްވަރާކުރައްވާފައިވާކަމުގައި ރައީސް އޮފީހުން ހާމަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް