އައްޑޫގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ޒުވާނާ ފެނިއްޖެއެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު إنا الله وإنا إليه راجعون އެ ޒުވާނާ ވަނީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އައްޑޫ ސިޓީ މަރަދޫ އާއި ހިތަދޫ އާއި ދެމެދު އޮންނަ ހަންކެޑަ ބްރިޖް ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަނެގެން 18 އަހަރުގެ ޒުވާނެއް ގެއްލިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. މިކަމުގެ ރިޕޯޓް ލިބިފައިވަނީ މެންދުރުފަހު 2:43ގައި ކަމަށެވެ.
ފަހުން އާޒިމް ވިދާޅުވެފައިވަނީ މޫދު އަޑިން އެ ޒުވާނާ ފެނިފައިވާކަމަށާއި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ބައެއް ނޫސްވެރިން ހޮސްޕިޓަލާއި ހަވާލާދީ ބުނެފައިވަނީ އެ ޒުވާނާ ނިޔާވެފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް