އެޗްޑީސީން ހުޅުމާލޭގެ 200 އަށްވުރެ ގިނަ އެޕާޓްމަންޓުގައި ރެއިލިން ހަރުކޮށްފި

18 Oct 2026 | 15:01
އެޗްޑީސީން އެޕާޓްމެންޓެއްގައި ރެއިލިން ހަރުކުރަނީ -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން އެޕާޓްމެންޓެއްގައި ރެއިލިން ހަރުކުރަނީ -- ފޮޓޯ: އެޗްޑީސީ

އެއްމެދު އިމާރާތްތައް ރައްކާތެރިކުރުމުގެ މަސައްކަތުގެ ދަށުން ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ނިންމާލައިފި ކަމަށް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

އެޗްޑީސީން ބުނާ ގޮތުގައި، މިހާތަނަށް މިނިމުނު އެޕާޓްމަންޓްތަކުގައި ރެއިލިން ހަރުކޮށްފައިވަނީ ޖުމުލަ 273 ކުޑަދޮރުގައެވެ. ރެއިލިން ހަރުކޮށްދިނުމަށް އެދިފައިވަނީ 1,011 އެޕާޓްމަންޓަކުން ކަމަށާއި، ބާކީ އޮތް އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް ކުރިއަށް ގެންދަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ބުނީ، މި ކަމުގައި ބޮޑަށް ބަލަމުންދަނީ އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ހުރި ރެއިލިންތައް ގަވާއިދުގައިވާ ގޮތާ އެއްގޮތްތޯ ކަމަށެވެ. ރެއިލިން ހަރުކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެދެވުނީ ސެޕްޓެމްބަރު 30 ވަނަ ދުވަހާ ހަމައަށެވެ.

އެއްމެދު އިމާރާތްތަކުގެ ސަލާމަތް ހަރުދަނާކުރުމުގެ މި މަސައްކަތް ސެޕްޓެމްބަރު 3 ވަނަ ދުވަހު ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިންނެވެ.

ރެއިލިން ހަރުކުރުމަށް އިތުރުން، އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތް ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަމުންދާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް