ގަވާއިދާ ހިލާފުވުމުން އެމްއެމްއޭއިން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައިފި

ގަވާއިދާ ހިލާފުވުމުން އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް 5 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އޭގެ މަނީ ޗޭންޖިންގ ލައިސަންސް އެމްއެމްއޭއިން ހިފަހައްޓައިފިއެވެ.

18 Oct 2026 | 16:45
ގަވާއިދާ ހިލާފުވުމުން އެމްއެމްއޭއިން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައިފި

ފައިސާ ބަދަލުކުރުމުގެ ވިޔަފާރީގެ ގަވާއިދާ ހިލާފުވުމުން ކަރަންސީ އެކްސްޗޭންޖް ކުންފުންޏެއް ޖޫރިމަނާކޮށް، އެ ކުންފުނީގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހިފަހައްޓައިފިއެވެ.

މި ފިޔަވަޅު އަޅާފައިވަނީ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑާ މެދުގައެވެ. އެ ކުންފުނި 5 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖިންގ ލައިސަންސް ވެސް ހިފަހައްޓާފައިވެއެވެ.

އެމްއެމްއޭއިން ބުނީ މިއީ މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދާ ހިލާފުވުމުގެ ސަބަބުން އަޅާފައިވާ ސްޕަވައިޒަރީ ފިޔަވަޅެއް ކަމަށެވެ.

ބޭރު ފައިސާ ގަނެ ވިއްކާ މުއާމަލާތްތަކުގައި ގާނޫނާއި ގަވާއިދުތަކަށް ތަބާވެގެން އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފައިވެއެވެ.

ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ކުރިއަށް ވެސް ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް