ޑިފެންސް މިނިސްޓަރު މާރިޔާ، އެމްއެންޑީއެފް ލީޑަޝިޕާ ބައްދަލުކުރައްވައިފި

އައު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، އެމްއެންޑީއެފްގެ ލީޑަޝިޕާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމާއި ބެހޭ ތަފްސީލް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ. ލީޑަޝިޕާއި ބައ...

18 Nov 2018 | 10:46

އައު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، އެމްއެންޑީއެފްގެ ލީޑަޝިޕާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމާއި ބެހޭ ތަފްސީލް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ. ލީޑަޝިޕާއި ބައްދަލުކުރެއްވިއިރު އެ ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ބައިވެރިވެލެއްވިއެވެ.

އައު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަމަށް މާރިޔާ އައްޔަން ކުރައްވާފައިވަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. މާރިޔާ އަކީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސާލިޙްގެ އައު ސަރުކާރުގައި އަންހެން ކަނބަލުންނަށް ކެބިނެޓްގެ ގިނަ ވުޒާރާތަކެއް ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް