ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ފަލަސްތީންގެ ޚާރިޖީ ވަޒީރު ޑރ. ރިއާދް މަލްކީއާ ބައްދަލުކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މަލްކީއަށް މަރުޙަބާ ދަންނަވައި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި ފޮރިން މިނިސްޓަރ ޝުކުރު ދެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެކި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މިނިސްޓަރ ޝާހިދު އާއި މިނިސްޓަރ މަލްކީ މަޝްވަރާކުރެއްވި ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
މިބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ބައިލެޓްރަލް، ޢަހްމަދު ޚަލީލް އާއި ޑިރެކްޓަރ، ޢަބްދުލްވާރިޘް ސަޢީދު އަދި އެސިސްޓަންޓް ޑިރެކްޓަރ މަރިޔަމް ބައްސާމާ ފާރޫޤް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް