ކެބިނެޓުން ޖާގަ ލިބުން، ދޫކޮށްލީ އަމިއްލައަށް : ނާދިރާ

ރައީސް އިބްރާޙިމް މުހައްމަދު ސާލިޙްގެ ކެބިނެޓުން ޖާގަ ލިބިވަޑައިގެންނެވި ކަމަށާއި، ކެބިނެޓުން ލިބިލެއްވި ޖާގަ ބޭނުން ނުކުރެއްވީ އަމިއްލައަށް ކަމަށް ރައީސް މައުމޫނު ރިފޯމް މޫމަންޓުގައި އިސްކޮށް އުޅުއްވ...

18 Nov 2018 | 06:40

ރައީސް އިބްރާޙިމް މުހައްމަދު ސާލިޙްގެ ކެބިނެޓުން ޖާގަ ލިބިވަޑައިގެންނެވި ކަމަށާއި، ކެބިނެޓުން ލިބިލެއްވި ޖާގަ ބޭނުން ނުކުރެއްވީ އަމިއްލައަށް ކަމަށް ރައީސް މައުމޫނު ރިފޯމް މޫމަންޓުގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

ނާދިރާއަކީ ރައީސް މައުމޫނާއި ފާރިސް މައުމޫނު ޖަލަށް ލެވުމާއި ގުޅިގެން ހިންގި ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަނބަލެކެވެ. އަދި ރައީސް އިބޫގެ ކެމްޕޭނަށް އެމްއާރުއެމްގެ ފަރާތުން އެކި ރަށްރަށަށް ވަޑައިގެން ކެމްޕޭންވެސް ކުރެއްވި ކަނބަލެކެވެ.  މީގެ އިތުރުން ނާދިރާވަނީ ޕީޕީއެމްގެ ނައިބު ލީޑަރެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.

https://twitter.com/a_nadraa/status/1063885076641931264

ނާދިރާ މި މޭރުމުން ޓްވީޓް ކުރައްވާފައިވަނީ ކެބިނެޓްގައި ނާދިރާ ނުހިމެނޭތީ އޭނާއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އެ ވާހަކަ ދައްކަން ފެށުމުންނެވެ. ނާދިރާ ވިދާޅުވެފައިވަނީ ދެއްވާ ލޯތްބާއި ތަރުހީބަށް ޝުކުރު ދަންނަވާކަމަށާއި ރައްޔިތުންގެ ހައްގުގައި އަބަދުވެސް ދެމި ހުންނަވާނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް