ވަޒީރުކަމާއި ހަވާލުވީ ޓައީ އަޅައިގެން އިންނާކަށް ނޫން : މަހުލޫފް

ވަޒީރުކަމާއި ހަވާލުވީ ޓައީ އަޅައިގެން އިންނަން ނޫންކަމުގައި މިނސްޓަރ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ ޑިވަލޮޕްމަންޓް އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދެންމެ ކުރެއްވ...

18 Nov 2018 | 06:10

ވަޒީރުކަމާއި ހަވާލުވީ ޓައީ އަޅައިގެން އިންނަން ނޫންކަމުގައި މިނސްޓަރ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ ޑިވަލޮޕްމަންޓް އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި މަހުލޫފު ވިދާޅުވެފައި ވަނީ ބޭނުމަކީ ޒުވާނުންނަނާއި ކުޅިވަރުގެ ދާއިރާއިން ބޮޑު ބަދަލެއް ގެނައުމެވެ.

"ބޭނުމަކީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ބޮޑު ބަދަލެއް ގެނައުން" މަހްލޫފް ވިދާޅުވެފައިވެއެވެ.

https://twitter.com/AhmedMahloof/status/1064026143076958209

މަހްލޫފް އިތުރަށް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އިރުޝާދާއިއެކު އިރާދަކުރެއްވީއަޔާ ނަތީޖާ ނެރުއްވާނޭ ކަމަށެވެ. އަދި އެމަނިކުފާނުގެ މަސައްކަތްތަކުގައި ރައްޔިތުންގެ ޚިޔާލައި ފާޑުކިޔުން އުފަލާއެކު ބަލައި ގަންނާނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް