މިސްރާއި ގާޒާއާއި ދެމެދުގެ ބޯޑަރު 10 އަހަރަށްފަހު ފުރަތަމަ ފަހަރަށް ހުޅުވައިފި

އަވަށްޓެރި ދެ ގައުމު ކަމުގައިވާ މިސްރާއި ފަލަސްތީނުގެ ގާޒާއާއި ދެމެދުގައި އޮންނަ ބޯޑަރު 10 އަހަރަށްފަހު ފުރަތަމަ ފަހަރަށް ހުޅުވައިފި އެވެ. މި ބޯޑަރު ހުޅުވާފައިވަނީ ފަލަސްތީނުގެ ކަމާއިބެހޭ ފަރާތްތަކުގެ...

18 Nov 2017 | 16:26

އަވަށްޓެރި ދެ ގައުމު ކަމުގައިވާ މިސްރާއި ފަލަސްތީނުގެ ގާޒާއާއި ދެމެދުގައި އޮންނަ ބޯޑަރު 10 އަހަރަށްފަހު ފުރަތަމަ ފަހަރަށް ހުޅުވައިފި އެވެ. މި ބޯޑަރު ހުޅުވާފައިވަނީ ފަލަސްތީނުގެ ކަމާއިބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުންނެވެ. މި ބޯޑަރު އެންމެ ފަހުން ހުޅުވާފައިވަނީ 2007 ވަނަ އަހަރުގަ އެވެ.

މި ބޯޑަރު ހުޅުވާލާފައި މިވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތާއި ދެމެދު އެއްބަސްވުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައި އަދި އެ އެއްބަސްވުމުގެ މޭސްތިރިއަކީ މިސްރަށް ވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި ބޯޑަރު ހުޅުވާލުމަށްފަހު ފަލަސްތީނުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ މި ބޯޑަރު ހުޅުވާލުމާއެކު މިސްރާއި ފަލަސްތީނުގެ ގާޒާގައި ދިރިއުޅޭ ފަރާތްތަކަށް އެއް ގައުމުން އަނެއް ގައުމަށް ދިއުމުގެ މަގު ފަސޭހަ ވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން މި ބޯޑަރު ހުޅުވާލުމުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރަން އިންތިހާއަށް ފަސޭހަ ވެގެންދާނޭ ކަމުގައިވެސް ފަލަސްތީނުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް