ގަމު ޕޮލިސް ސްޓޭޝަނުން އިސް ނަގައިގެން އިހައްދޫ ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދެނީ

ލ. ގަން ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އިހައްދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަދެއެވެ. ފުލުހުން ބުނީ މި ނޮވެމްބަރު މަހުގެ 15 ން 21 އަށް ކުރިއަށް...

18 Nov 2015 | 13:07

ލ. ގަން ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އިހައްދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަދެއެވެ.

ފުލުހުން ބުނީ މި ނޮވެމްބަރު މަހުގެ 15 ން 21 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ޕްރޮގްރާމަކީ އިހައްދޫ ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ގޮތުންނާއި ފެތުމުގެ ހުނަރު އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގައި އެސްކޫލުގެ ގްރޭޑް 2 އަދި 3 ގައި ތަޢުލީމި ހާސިލްކުރާ ދަރިވަރުންގެ ތެރެއިން 107 ދަރިވަރުން ބައިވެރިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ އެއް ދަންފަޅިއަކަށް ކުރިޔަށް ގެންދާ މި ޕުރޮގްރާމްގައި އިހައްދޫ ސުކޫލުގެ މެނޭޖްމެންޓާއި ސުކޫލުގެ ބެލެނިވެރިންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށާއި މި ޕްރޮގްރާމުގައި ފަތަން ދަސްކޮށްދިނުމުގެ ކުލާސްތައް ކުރިއަށް ގެންދަނީ ލ. ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ފެތުމުގެ ހުނަރު ލިބިފައިވާ ފުލުހުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް