ސަރުކާރަށް ދެ އަހަރު ފުރުން ހިތަދޫ ޕޯޓްސް ލިމިޓެޑްގައި ފާހަގަކޮށްފި

ރައީސް ޔާމީންގެ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ހިތަދޫ ޕޯޓްސް ލިމިޓެޑްގައްޔާއި އައްޑޫ ސިޓީ ފޭދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ. އެގޮތުން މި ސަރުކާރުގެ ކާމިޔ...

18 Nov 2015 | 11:36

ރައީސް ޔާމީންގެ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ހިތަދޫ ޕޯޓްސް ލިމިޓެޑްގައްޔާއި އައްޑޫ ސިޓީ ފޭދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އެގޮތުން މި ސަރުކާރުގެ ކާމިޔާބު ދެ އަހަރު ފާހަގަ ކުރުމުގެ ގޮތުން ހިތަދޫ ޕޯޓްސް ލިމިޓެޑްގައި ވަނީ ކޭކެއް ފަޅާފަ އެވެ. މީގެ އިތުރުން އައްޑޫ ސިޓީ ފޭދޫ "ޕީޕީއެމް ފޭދޫ" ޖަގަހައިގާ ކޭކު ފެޅުމާއި ހާއްސަ ސައެއް ކުރިއަށް ގެންގޮސްފައި ވެ އެވެ. ހިތަދޫ ޕޯޓްސް ލިމިޓެޑްގައި ކޭކު ފަޅާފައިވަނީ މިއަދު މެންދުރުފަހުގަ އެވެ. ފޭދޫ ޖަގަހައިގާ ކޭކު ފެޅުމާއި ސައި ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ 17 ނޮވެމްބަރު 2013ގަ އެވެ. ރައީސް ޔާމީންގެ ސަރުކާރަށް ދެ އަހަރު ފުރިފައިވާއިރު މާލޭގައްޔާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ރައީސް ޔާމީންގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް