ސްރީލަންކާގައި ބަޔަކު ހަމަލާ ދިން ދިވެއްސަކަށް އައިސީޔޫގައި ފަރުވާ ދެނީ

އަވަށްޓެރި ސްރީލަންކާގައި އިއްޔެ ބަޔަކު ހަމަލާދިން ދިވެއްސަކަށް އެގައުމުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުން އެބަދެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ ތ. ވި...

18 Nov 2015 | 07:37

އަވަށްޓެރި ސްރީލަންކާގައި އިއްޔެ ބަޔަކު ހަމަލާދިން ދިވެއްސަކަށް އެގައުމުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުން އެބަދެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ ތ. ވިލުފުށީ ކެނެރީމާގޭ، އުމުރުން 45 އަހަރުގެ ނޫރައްދީނަށެވެ.

ވިލުފުށީ ކައުންސިލުން ބުނީ ނޫރައްދީނަށް ފަރުވާދެމުން އަންނައިރު އޭނާ އޮތީ ހޭނެތިފައިކަމަށް އާއިލާއިން މައުލޫމާތު ދޭ ކަމަށެވެ.

އަދި އޭނާއަށް ބަޔަކު ހަމަލާދިނީ ފިހާރައަކަށް ދިއުމަށްފަހު ގެއަށް ދިއުމަށް ކުރޮޅިއެއްގައި ދަތުރު ކުރަނިކޮށް ކަމަށާއި އެހެން ނަމަވެސް ހަމަލާ ދިނީ ކިހިނަކުން ކަން އަދި ސާފު ނުވާ ކަމަށްވެސް އާއިލާއާ ހަވާލާދީ ކައުންސިލުން ބުނެ އެވެ.

ތަފްސީލް އަންނަނީ ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް