ހދ ކުޅުދުއްފުށީ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ދެމީހަކަށް އެކި ވަރުގެ އަނިޔާ ލިބިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހދ.ކުޅުދުއްފުށި ނިމަކާގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގައި މަސައްކަތްކުރާ ސިފައިން މިހާރު ނިއްވާލާފައި ވާކަމަށެވެ.
"ރޭ ގާތްގަނޑަކަށް ފަތިހު 04:45 ހާއިރު ހިނގި މިހާދިސާގައި އެގޭގައި އަލިފާން ރޯވެ، އަލިފާންގަނޑު އިތުރަށް ފެތުރި ގޭގައި ހުރި ބައެއް ތަކެއްޗަށްވަނީ އެކި ވަރުގެ ގެއްލުން ލިބިފައިވޭ، މިހާދިސާގައި ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އަނިޔާ ލިބުނު މީހުން ވަނީ އެސަރަޙައްދުގައި ތިބި އާންމުންގެ އެހީތެރިކަމާއެކު ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާ ދީފައި" އެމްއެންޑީއެފުން ހާމަކުރެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ ހދ.ކުޅުދުއްފުށި ނިކަމާ ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ 05:50 ހާއިރު ކަމަށާއި އަދި މިހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް