ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ މޯބައިލް ފޯނުގެ އާބާދީ 656065 އަށް

މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު ރާއްޖޭގައި ބޭނުންކުރާ މޮބައިލް ފޯނުގެ އާބާދީ 656065 އަށް އަރައިފި އެވެ. ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ތަފާސްހިސާބުތަކާ ހަވާލާދީ ޓެލެކޮމްޕ...

18 Nov 2014 | 14:07

މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު ރާއްޖޭގައި ބޭނުންކުރާ މޮބައިލް ފޯނުގެ އާބާދީ 656065 އަށް އަރައިފި އެވެ.

ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ތަފާސްހިސާބުތަކާ ހަވާލާދީ ޓެލެކޮމްޕޭޕާ ވެބްސައިޓްގައި ބުނެފައިވަނީ، ރާއްޖޭގައި ބޭނުންކުރާ މޮބައިލް އާބާދީގައި ހިމެނެނީ 76835 ޕޯސްޓްޕެއިޑް ސަބްސްކްރައިބަރުންނާއި 579230 ޕްރީޕެއިޑް ސަބްސްކްރައިބަރުން ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ފިކްސްޑް ޓެލެފޯން ލައިންގެ ގޮތުގައި 18210 ލައިން ބޭނުން ކުރަމުން އަންނަ ކަމަށާއި، މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު 5.42 އިންސައްތަ ލައިން މަދު އަދަދެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި ފިކްސްޑް ލައިން ބްރޯޑްބޭންޑު ލައިނުގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބޭނުންކުރި ފިކްސްޑް ލައިން ބްރޯޑްބޭންޑް ލައިނުގެ އަދަދަކީ، 136625 ކަމަށާއި މޮބައިލް އިންޓަނެޓް ބޭނުންކުރި އަދަދަކީ 144882 ކަމަށްވެސް ޓެލެކޮމް ޕޭޕަރުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް