ދެ ލޯބިވެރިން ވަކި ވުމުގެ ގޮތުން ކައިވެނީގެ ހަފްލާއެއް ބާއްވައިފި

ޗައިނާގެ ޒުވާން އަންހެން ކުއްޖެއް ކަމުގައިވާ ދޮއުދޮއު އޭނާގެ ލޯބިވެރިޔާއާއި ވަކިވުމުގެ ގޮތުން ކައިވެނީގެ ހަފްލާއެއް ބާއްވައިފި އެވެ. ދޮއުދޮއު ބުނީ އޭނާގެ ލޯބިވެރިޔާއާ ބައްދަލު ވުމުން މުޅި އުމުރު އޭނައ...

18 Nov 2014 | 13:46

ޗައިނާގެ ޒުވާން އަންހެން ކުއްޖެއް ކަމުގައިވާ ދޮއުދޮއު އޭނާގެ ލޯބިވެރިޔާއާއި ވަކިވުމުގެ ގޮތުން ކައިވެނީގެ ހަފްލާއެއް ބާއްވައިފި އެވެ.

ދޮއުދޮއު ބުނީ އޭނާގެ ލޯބިވެރިޔާއާ ބައްދަލު ވުމުން މުޅި އުމުރު އޭނައާއި އެކުގައި ހޭދަ ކުރެވޭނެކަމަށް ހީކުރެވުނު ކަމަށެވެ.  ނަމަވެސް އޭނާގެ އެހެން އަނންބެއް ހުންނަކަން އެނގުމުން ވަރަށް ހިތްހަމަ ނުޖެހުނު ކަމަށް ދޮއުދޮއު ބުނެއެވެ.

ވަކިވުމުގެ ގޮތުން އަސްލުނޫން ކައިވެނީގެ ހަފްލާއެއް ބާއްވަން ނިންމީ އޭނާގެ އަލަތު ލޯބި ފާހަގަ ކުރުމުގެ ގޮތުން ކަމަށާއި އަދި އެދެމީހުންގެ ދެމެދުގައި ކަންތައްތައް ރަނގަޅަށް ކުރިޔަށް ދިޔަނަމަ ލިބޭނެ އުފާވެރި ހަޔާތް އިހުސާސް ކޮށްލުމުގެ ގޮތުން ކަމަށްވެސް ދޮއުދޮއު ބުނެއެވެ.

ކައިވެނީގެ ހަފްލާއެއްގެ ގޮތަށް ރޭވުނު މި ހަފްލާ އޮތީ ފަރުބަދައެއްގެ މަތީގައެވެ. ތަން ޒީނަތް ތެރި ކޮށްފައި ވަނީ މަލާއި ފުއްޕާހަމުންނެވެ. އަދި އެކި ބުއިންތަކާއި ކޭކު އެ ހަފްލާގައި ހުއްޓެވެ.

މި ހަފްލާ ރާވާފައިވަނީ ދޮއުދޮއުގެ ލޯބިވެރިޔާއަށް ނޭނގޭ ގޮތަށެވެ. ނަމަވެސް ޓައީއެއް އަޅައިގެން އައުމަށް އޭނާއަށް އޮތީ އަންގާފައެވެ.

މި ހަފްލާ ކުރިއަށް ގެންގޮސްފައި ވަނީ އާންމުކޮށް ކައިވެނީގެ ހަފްލާތައް ކުރިއަށް ގެންދާ ގޮތަށެވެ. ހަފްލާ ނިންމާލުމަށްފަހު ދެ ލޯބިވެރިން އެއްބަސްވެ ލޯބީގެ ގުޅުން ނިމުމަކަށް ގެނައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް