ޕީއައިސީއަށް އައްޔަން ކުރުމަށް ފޮނުވި ދެބޭފުޅުންނަށް ކޮމިޓީން ރުހުން ދީފި

ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ހުސްވެފައިވާ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ‏‏އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ދެ ބޭފުޅ...

18 Nov 2014 | 12:50

ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ހުސްވެފައިވާ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ‏‏އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

އެ ދެ މަގާމަށް އައްޔަން ކުރުމަށް ރައީސް ޔާމިން، މަޖިލީހަށް ފޮނުވާފައިވަނީ މާލޭ ދަފްތަރު، އާދަމް ސަޢީދު މޫސާ އާއި ގ. ގޮފި، ފާޠިމަތު މިންޙަތު އިއްޒަތުގެ އާއި ގ. ގޮފި، ފާޠިމަތު މިންޙަތު ޢިއްޒަތުގެ ނަންފުޅެވެ.

އެ ދެބޭފުޅުންނަށް ކޮމިޓީން ރުހުން ދީފައިފައިވާއިރު ދެ ބޭފުޅުންގެ ތެރެއިން އެންމެ މަތީ މާކްސް ލިބިވަޑައިގެންނެވި އާދަމް ސައީދު މޫސާއަށް ލިބިވަޑައިގެންނެވީ 89 އިންސައްތަ މާކުހެވެ. ފާތިމަތު މިންޙަތު ޢިއްޒަތު އަށް ލިބިވަޑައިގެންނެވީ 70 އިންސައްތަ މާކުހެވެ.

ކޮމިޓީން ރުހުން ދީފައިވާ މި ދެބޭފުޅުން އެ މަގާމައް އައްޔަން ކުރުމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް