އީސީއަށް އާސިމް އާއި އަމްޖަދު އައްޔަން ކުރުމަށް ކޮމިޓީން ރުހުން ދީފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ ދެ މަގާމަމަށް އައްޔަން ކުރުމަށް އެ ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރާއި ގއ. މާމެންދޫ، އަލިވާގެ، އަމްޖަދު މުސްތަފާ އައްޔަން ކުރުމ...

18 Nov 2014 | 12:32

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ ދެ މަގާމަމަށް އައްޔަން ކުރުމަށް އެ ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރާއި ގއ. މާމެންދޫ، އަލިވާގެ، އަމްޖަދު މުސްތަފާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިއަދު ރުހުން ދީފިއެވެ.

އެ ދެބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދަވާފައި ވަނީ އާސިމެވެ. އޭނާއަށް ކޮމެޓީން ލިބިވަޑައިގެންނެވީ 91 ޕަސެންޓް މާކުހެވެ. އަމްޖަދަށް ލިބިވަޑައިގެންނެވި 86 ޕަސެންޓް މާހުކެވެ. ކޮމެޓީން ރުހުން ލިބޭނީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގަތުމުންނެވެ.

އީސީގެ މެންބަރު ކަމަށް އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވީ އެކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި މުހައްމަދު ފާރޫގު އާއި އަލީ މުހައްމަދު މަނިކުގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ.

ކޮމިޓީން ދެބޭފުޅުންނަށް ރުހުން ދީފައިވާއިރު އެ ދެ ބޭފުޅުންގެ ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް